- Target:
- M.Maduvvari Youth Generation
- Region:
- Maldives
މ.މަޑުއްވަރީ ކޭބަލްޓީވީ ރޫމް އިން މިހާރު މ.މަޑުއްވަރީ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދޫކުރަމުން ގެންދާ ކޭބަލްޓީވީ ޗެނެލްތަކުގެ ތެރެއަށް ޓެން- އެކްޝަން އިތުރުކޮއްލުމަށް އަޅުގަނޑުމެން ބޭނުންވެއެވެ. މި ޗެނަލް އިތުރުކުރުމަށް އަޅުގަނޑުމެން ބޭނުންވަނީ ތިރިގައި މި ދަންނަވާ ސަބަބުތަކާ ހުރެއެވެ.
* ފުޓްބޯޅައިގެ ބޮޑެތި މެޗްތަށް ކުރިން ޓެން ސްޕޯޓްސް އިން ދޫކުރި ކަމުގައި ވީނަމަވެސް ، މިހާރު ހުރިހާ ބޮޑެތި އެންމެހާ މެޗްތަށް ލައިވްކުރަނީ ޓެން އެކްޝަނުން ކަމަށްވުން
* ޗެމްޕިއަންސް ލީގްގައި ފޯރިގަދަ މެޗްތަކެއް ހުރުމާއެކު އެ މެޗްތަށް މަޑުއްވަރީ ގިނަ ރައްޔިތުންނަށް ފެންނަ ގޮތަށް ހެދުން
( ރެއާލް މެޑްރިޑް އާއި މެންޗެސްޓަރ ޔުނައިޓެޑް ) ، ( ބާސެލޯނާ – އޭސިމިލާން މެޗް )
* އިޓާލިއަން ލީގާއި ، ސްޕެނިސް ކަޕް ގެ މެޗްތައް ބަލާލުމަށް
މިވަގުތު މަޑުއްވަރީ ކޭބަލްޓީވީ އިން ދޫކުރަމުން ގެންދަނީ
* އީއެސްޕީ އެން
* ސްޓަރ ސްޕޯޓްސް
* ޓެން ސްޕޯޓްސް
މި ކަމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމަކަށް ވާތީ މި ޕެޓިޝަނުގައި ސޮއިކުރަމެވެ. މި ޕެޓިޝަނުގައި ސޮއިކުރަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި ބުއްދި ސަލާމަތުން ވެގެންވާ ހާލު މި ޕެޓިޝަނުގައިވާ އެންމެހާ ކަންކަން ކިޔާ އެކަންކަމަށް ރުހި ޤަބޫލުވެ ހުރެ ބޭނުންވެގެންނެވެ.
ކައުންސިލުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މިކަން ކޮށްދެއްވާނެކަމަށް އުއްމީދުކުރަމެވެ.
You can further help this campaign by sponsoring it
The ޓެން - އެކްޝަން އިތުރުކުރުމަށް ހުށަހެޅުން petition to M.Maduvvari Youth Generation was written by mohamed azim and is in the category Television at GoPetition.