#Air Transportation
Target:
Maldives Government
Region:
Maldives

ށ.އަތޮޅަކީ މީހުން ދިރިއުޅޭ 14 ރަށާއެކު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ގިނަ ރަށުގައި މީހުން ދިރިއުޅޭ އަތޮޅެވެ. އަތޮޅުގެ އާބާދީ 18000 އާއި ކައިރިކުރެއެވެ. ޒަމާނުއްސުރެވެސް މިއަތޮޅުގެ މީހުން ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ އަތޮޅުގައި ވައިގެ ބަނދަރެއް ނެތުމެވެ. އަތޮޅާއި އެންމެ ކައިރީގައި އޮންނަ ހަނިމާދޫ އެއަރޕޯޓަކީވެސް ދަތުރުކޮށްފައިދާން ގިނަރަށްރަށާ ދުރު އަދި އެހާމެ ހަރަދުބޮޑު ކަމެކެވެ. މިކަން ހައްލުކުރުމަށް ށ.އަތޮޅު އުތުރުބިތުގައި އޮންނަ އަތޮޅު ވެރިކަންކުރާ ރަށް ފުނަދޫގައި އެއަރޕޯޓް ހަދާވާހަކަ ސަރުކާރުތަކުން ދައްކާތާ ވިހިތިރީސް އަހަރުވަނީއެވެ. ނަމަވެސް މިއަދާހަމައަށްއައި އިރުވެސް މިކަން ހަގީގަތަކަށް ނުވެއެވެ. އަދި އަތޮޅު ގިނަމީހުން ގަބޫލުކުރާ ގޮތުގައި ފުނަދޫގައި އެއަރޕޯޓް ހެދުމަކީވެސް ހައްލެއް ނޫނެވެ. އޭގެ ސަބަބަކީ ފުނަދުއަކީ އަތޮޅުގެ މީހުން ދިރިއުޅޭ ގިނަރަށްރަށާ ދުރުގައިވާ ރަށަކަށްވުމެވެ. މިކަމުގެ ހައްލެއްކަމަށް އަތޮޅު ގިނަރައްޔިތުން މިހާރު ގަބޫލުކުރަނީ އަތޮޅުގެ މެދުގައިއޮތް ށ.މަޑިދޫ ގައި އެއަރޕޯޓް ހެދުމެވެ. އޭރުން އަތޮޅުގެ 14 ރަށުގެ ތެރެއިން ދިހަރަށުގެ މީހުންނަށް ފުނަދުއަށް ދިއުމަށްވުރެ ދަތުރު ކުރުކުރެވޭނެވެ. އަދި ފުނަދުއާއި ހިލާފަށް މަޑިދޫގައި އެއަރޕޯޓް ހަދާނަމަ ބިންހިއްކަން ނުޖެހުމަކީ ސަރުކާރަށް އެތައްގުނައެއް ހަރަދު ކުޑަކުރެވޭނެ ކަމެކެވެ.

ވީމާ ށ.ފުނަދޫގައި ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ ށ.މަޑިދޫގައި އެއަރޕޯޓް ހެދުމަށް އަޅުގަނޑު ށަވިޔަނި އަތޮޅުގެ ރައްޔިތަކަށްވެހުރެ ފުރިހަމަޔަށް ތާއިދުކޮށް ސަރުކާރަށް ގޮވާލަމެވެ

GoPetition respects your privacy.

The Support for Sh.Madidhoo Airport petition to Maldives Government was written by Shaviyani and is in the category Miscellaneous at GoPetition.

Petition Tags

MadidhooAirport